ޚަބަރު މިދިޔައަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ޖެންޑަރ މިނިސްޓްރީއަށް 290 މައްސަލަ ރިޕޯޓްކޮށްފައިވޭ

މިދިޔައަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ޖެންޑަރ މިނިސްޓްރީއަށް 290 މައްސަލަ ރިޕޯޓްކޮށްފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޖެންޑަރ މިނިސްޓްރީއަށް 290 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މިއީ މިދިޔައަހަރުގެ ނޮވެމްބަރުމަހު ހުށަހެޅުނު މައްސަލަތަކަށްވުރެ 124 މައްސަލަ އިތުރު ޢަދަދެކެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ބޮޑުބައި ޙިއްޞާކުރަނީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޑިސެމްބަރުމަހު އެކަނިވެސް މިފަދަ 131 މައްސަލަ ހުށަހެޅިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. މިއީ ޑިސެންބަރު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 45 އިންސައްތައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިދިޔަ ޑިސެމްބަރ މަހު ޖެންޑަރ މިނިސްޓްރީއަށް ޢާއިލީ މައްސަލަތަކާ ގުޅުންހުރި 50 މައްސަލައެއް ހުށަހަޅާފައިވާއިރު، އެކި ބާވަތްތަކުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންގެ އަޙްލާޤާ ގުޅުން ހުރި 10 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ ޑިސެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅިފައިވަނީ ޖުމްލަ 166 މައްސަލައެވެ. ނަމަވެސް ޑިސެމްބަރު މަހު ޖުމްލަ 290 މައްސަލަ ހުށަހެޅިފައިވާއިރު، އެއީ 124 މައްސަލަ އިތުރު އަދަދެކެވެ.

ޓެގް

ޖެންޑަރމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.