ޚަބަރު ޤުރްއާނުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް 1000 ރުފިޔާ ލިބިގެންދާ ޕްރޮގުރާމް މިއަހަރުވެސް ފަށައިފި

ޤުރްއާނުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް 1000 ރުފިޔާ ލިބިގެންދާ ޕްރޮގުރާމް މިއަހަރުވެސް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤުރްއާނުން ހިތުދަސްކޮށްގެން ކިޔައިދޭ ކޮންމެ ފޮތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާ ” ޓީ.ކިޔު.އައިގެ ޙިފްޡް ޕްރޮގުރާމް ” މިއަހަރުވެސް އެ އިންސްޓިޓިއުޓުގައި ފަށައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ނ.ލަންދޫ، ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގައި ކުރިއަށް ގެންދަން ފެށި މި ޕްރޮގުރާމުގައި މިހާތަނަށް 4 ފަރާތަކުންވަނީ އެކިއެކި މިންވަރަށް ނުބަލައި ކިޔައިދީ ފައިސާގެ އިނާމު ޙާޞިލްކޮށްފައެވެ.

އެ އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވިގޮތުގައި ﷲ ގެ ރަޙުމަތުން މި ޕްރޮގުރާމުގެ ދަށުން ޤުރްއާނުން މިންވަރެއް ހިތުދަސްކުރުމަށް ދަރިވަރުންނަށް ބާރު އެޅިގެންދާކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އާދެވުނުއިރު މި ޕްރޮގުރާމުގެ ދަށުން ޓީ.ކިޔު.އައިގައި ރަޖިސްޓްރީވެފައިވާ ފަރާތަކުންވަނީ ޤުރްއާނުން 4 ފޮތް ހިތުދަސްކޮށް އިންސްޓިޓިއުޓަށް ނުބަލައި ކިޔައިދީފައިވާކަމަށެވެ.

އޭގެ އިތުރުން 3 ދަރިވަރަކު ވަނީ 1 ފޮތް ނުބަލައި ކިޔައިދީފައިކަމަށްވެސް ޢަލީ ޒިޔާދު ވިދާޅުވިއެވެ.

އުންމީދަކީ މިއަހަރު ޓީ.ކިޔު.އައިގައި ރަޖިސްޓްރީވެފައިވާ ގިނަ ދަރިވަރުންތަކެއް މި ޕްރޮގުރާމުގެދަށުން ޤުރްއާނުން މަދުވެގެންފޮތެއް ނުބަލައި ކިޔައިދިނުންކަމަށްވެސް ޒިޔާދު ފާހަގަކުރެއްވިއެވެ.

ޤުރްއާން ހިތުދަސްކުރުމަކީ ދީނުގައިވެސް ވަރަށްބޮޑަށް ބާރު އަޅުއްވާފައިވާކަމެއްކަމަށާއި އެ އިލާހުގެ ކަލާމްފުޅުން މިންވަރެއް ނުބަލައި ދަސްވެފައިހުރުމަކީ ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ޝަރަފެއްކަމަށާއި އެއީ ނުހަނު ދަރުމަ ހުރިކަމެއްކަމަށްވެސް އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވިއެވެ.

ޓެގް

ޙިފްޡް ޕްރޮގުރާމް އިންސްޓިޓިއުޓް އޮފް ތަރްތީލުލް ޤުރްއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.