ޚަބަރު އިމާމު ކޯސް ލެވެލް 3 ބްލޮކު މޯޑަށް ލަންދޫގައި ފަށަނީ

އިމާމު ކޯސް ލެވެލް 3 ބްލޮކު މޯޑަށް ލަންދޫގައި ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީފިއަސް ކޮލިޖިއޭޓާއި ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓާއި ގުޅިގެން ނ.ލަންދޫގައި އިމާމު ކޯސް ލެވެލް 3 ބްލޮކުމޯޑަށް ފެށުމަށް ނިންމައިފިއެވެ.

ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ނާރެސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހަކީ ނ.އަތޮޅުގެ އެކިއެކި ރަށްރަށުގެ ގިނަ ބަޔަކު އެދިގެން ހިންގުމަށް ހަމަޖެހުނު ކޯހެއްކަމަށާއި މީހުން ހަމަވިހާ އަވަހަކަށް ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޯހުގެ ގަޑިތައް ކުރިއަށްދާނެގޮތާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޢަލީ ޒިޔާދު ވިދާޅުވީ ކޯހުގެ ގަޑިތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގައި ކަމަށެވެ. އެގޮތުން ގަޑިތައް ފަށާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުކަމަށާއި އެއަށްފަހު ހުކުރު ދުވަހުގެ ހެނދުނާއި މެންދުރު އަދި ރޭގަނޑުވެސް ގަޑިތައް ކުރިއަށްދާނެކަމަށެވެ.

މިކޯހުގެ މުއްދަތަކީ 6 މަސްދުވަސްކަމަށާއި ކޯހަށް ވަނުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.

މިކޯހާއި ބެހޭ އިޢުލާން ރަށްރަށުގައި އިޢުލާންކޮށްދެއްވުމަށް ނޫނު އަތޮޅުގެ ގިނަ ރަށްރަށެއްގެ ކައުންސިލްތަކަށް މެއިލްކުރެވިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ޓެގް

އިންސްޓިޓިއުޓް އޮފް ތަރްތީލުލް ޤުރްއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.