ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސާއި ނާއިބް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ނޮޅިވަރަންފަރުން ނިޔާވި ކުޑަ ކުއްޖާގެއާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެނާއިބު ފައިޞަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކުއްޖާ ނިޔާވެފައިވަނީ އިއްޔެ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސލް ނަސީމް، ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި، ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، އެ ހާދިސާގައި ނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.


