ޚަބަރު

މަޖިލިސް އިންތިޚާބު 6 އޭޕްރީލް 2019ގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 6 އޭޕްރީލް 2019 ގައި ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލްމަހު ބާއްވަން ނިންމާފައިވާއިރު، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާނެ ތާރީޚެއް އަދި ފައިނަލް ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ވަގުތީ ތާރީޚެއްގެ ގޮތުގައި އަންނަ ޖެނުއަރީމަހުގެ 28 ވަނަ ދުވަސް ކަނޑައަޅާފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމާގުޅެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އިންތިޚާބު ބާއްވަން ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކުގައި، އިންތިޚާބު ބާއްވަން ބޭނުންވާ ފައިސަ ހަމަޖެހޭނެކަމުގެ ޔަޤީންކަން ފިނޭސް މިނިސްޓްރީން ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މަޖްލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަދި ހުޅުވާލެވިފައިނުވާއިރު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެ އަށް ދެ ދާއިރާއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

އެ އިންތިޚާބުގައި 87 މެމްބަރުން ހޮވާނެ އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން މަޖިލީހަށް ދެ ގޮނޑި އިތުރުވާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close