ޚަބަރު ފުލުހުން އެއްވެސް ތުހުމަތެއް ނުކުރާކަމަށް ބުނެ ރައީސް ޔާމީން އިތުރުފުޅު ހައްދަވައިފި

ފުލުހުން އެއްވެސް ތުހުމަތެއް ނުކުރާކަމަށް ބުނެ ރައީސް ޔާމީން އިތުރުފުޅު ހައްދަވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމުއިއްޔެ ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް ފުލުހުން އެމަނިކުފާނުގެ މައްޗަށްއެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަމަށް ބުނެ އެމަނިކުފާން ދޮގު ހައްދަވައިފި އެވެ.އިއްޔެ މެންދުރު ފަހު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ދޮޅުގަޑިއެއްހާއިރުފަހުން ފުލުހުންގެ މައި އިދާރާއިން ނުކުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާން ފުލުހުންގެ އިދާރާއަށް ހާޒިކުރީއެމަނިކުފާނުގެ މައްޗަށް ފުލުހުން ކުރާ އެއްވެސް ތުހުމަތެއް އޮވެގެން ނޫން ކަމަށާއިހާޒިރުކުރީ ފުލުހުން ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.

ރައީސް ޔާމީން މިހެންވިދާޅުވެ އިތުރުފުޅު ހެއްދެވި ނަމަވެސް ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައިބުނެފައި ވަނީ އެމަނިކުފާން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އެމަނިކުފާނުވެރިކަމުގައި ހުންނެވި އިރު އެކި ދުވަސްވަރު މަތިން ޤާނޫނާ ޚިލާފަށް ފައިސާގެ އެތައްމުއާމަލާތްތަކެއް ހިންގަފައިވާތީ އެކަމުގެ ތުހުމަތުގައި އެމައްސަލަ ތަކުގެތަޙުގީގަށް ކަމަށެވެ. އަދި ހަމަ އެހެންމެ އެމައްސަލަތައް ދައުލަތުގެ ކަމާބެހޭ އެކިއިދާރާތަކުން ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެވެ.

ރައީސް ޔާމީން ނަހަމަ ގޮތުގައި ހިންގާފައިވާ އެމުއާމަލާތްތަކުގެ ތަފްސީލް ރިޕޯޓުތައްވެސް ދައުލަތުގެ އެކި އިދާރާތަކުން ޕޮލިސް ސާވިސްއަށް ހުށައަޅާފައި ވާކަމަށާއި އަދި އެކަންކަމާ ގުޅިގެން ތަހުގީގުގައި ރައީސް ޔާމީނާ ސުވާލުތައް ކުރިމަތި ކުރުވި ކަމަށް އެނޫސް ބަޔާނުގައި ވަނީ ބުނެފައެވެ. ފުލުހުންގެ ތަހުގީގުގައި ޔާމީން އާއި ކުރެވުނު ސުވާލްތަކަށް އެމަނިކުފާން ޖަވާބުދާރީވެ ވަޑައިގެންފައި ވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ތަހުގީގަށް ފުރިހަމަ އެއްބާރުން ދޭނެކަމަށް ރާއިސް ޔާމީން ވިދާޅުވެފައިވާ ކަމަސް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސްއަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލަތަކާއި ގުޅިގެން ރައީސް ޔާމީންގެ ޑޮލަރު އެކައުންޓް ތަކާއި ދިވެހި ފައިސާގެ އެކައުންޓް ތައް މިހާރުވަނީ ވަނީ ފްރީޒް ކޮށްފައެވެ.

 މިއެކައުންތަކުން 100 (ސަތޭކަ) މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ފަސްއަހަރުގެ ދައުރަކީ މިފަހުގެ ތާރީޚެއްގައި ދިވެހި ރާއްޖޭގެ ވެރިއެއްގެ މައްޗަށް ކޮރަޕްޝަނާއި ފަސާދާއާއި ނާޖާއިޒް ނުފޫޒުތައް އެންމެ ބޮޑަށް ހިންގާފައިވާ ކަމަށް ދިވެހި ގިނަރައްޔިތުން ތުހުމަތު ކުރި ފަސްއަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގެ މީޑިއާތަކާއި ބޭރުގެ ބައެއް މީޑިއާ ތަކުންވެސް ރައީސް ޔާމީންއާޢި އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަންގެ އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް އެތައްފަހަރަކު ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން އެމްމްޕީއަރިސީގެ އެތައްމިލިއަން ޑޮލަރެއްގެ ޚިޔާނާތުގެ މައްސަލަ ފާހަގަ ކޮށްލެވެއެވެ.

ޓެގް

ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.