ދައުލަތުގެ ވުޒާރާތަކުން ހިންގަމުންދާ ކަންކަމާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ "އަހާ" ސިލްސިލާގެ 8 ވަނަ ފޯރަމް، ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ދެ ގަޑިއިރުގެ މި ބައްދަލުވުމަކީ ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ޕްރޮގްރާމެކެވެ.
މި ފަހަރުގެ ފޯރަމުގައި މަޢުލޫމާތު ދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވާނީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދު އަދި ބަންޑާރަނައިބު އަޙްމަދު އުޝާމެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. އެގޮތުން ޙަފުލާ އޮންނަ ތަނަށް ގޮސްގެންނާއި، ސޯޝަލް މީޑިއާގެ އިތުރުން "ޕީއެސްއެމް އެއަރ" އެޕް މެދުވެރިކޮށްވެސް ސުވާލު ހުށަހެޅޭނެއެވެ.
މިދިޔަ ޖަނަވަރީ މަހުން ފެށިގެން ކުރިއަށްގެންދާ މި ފޯރަމަކީ ސަރުކާރުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ޙިއްޞާކުރުމަށް ހިންގާ ޚާއްޞަ ސިލްސިލާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...