ޚަބަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް އެއާޕޯޓުގެ މަގާމު 13 ވަނަ ފަހަރަށް ވީއައިއޭ އަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް އެއާޕޯޓުގެ މަގާމު 13 ވަނަ ފަހަރަށް ވީއައިއޭ އަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް އެއާޕޯޓުގެ މަގާމު 13 ވަނަ ފަހަރަށް ވީއައިއޭ އަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ "އިންޑިއަން އޯޝަންސް ލީޑިންގް އެއާޕޯޓު 2026" ގެ މަގާމު ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އަނެއްކާވެސް ދިފާއުކޮށްފިއެވެ.

މިއީ އިންޑިއާ ކަނޑުގެ ސަރަހައްދީ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ ގޮތުގައި މިންކޮށް ދެވޭ މި ޝަރަފުވެރި އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، މި އެވޯޑަކީ ވީއައިއޭ އަދި އެ ކުންފުނީގެ މުޅި ޓީމަށް ލިބުނު ބޮޑު ފަޚުރެއްގެ އިތުރުން ފާހަގަކޮށްލެވޭ މުހިންމު ތާރީޚީ ކާމިޔާބީއެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އެއާޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް މި ކާމިޔާބީގެ ސަބަބުން އިތުރު އުންމީދަކާއި ހިތްވަރެއް ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ޓެގް

އެމްއޭސީއެލް ވީއައިއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.