ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިން މައްސަލަ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިން މައްސަލަ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިން މައްސަލަ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ.

އަލީ ހުސައިން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވަނީ، އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އަދި ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް ބޭރުގެ ކުންފުންޏަކަށް މިހާ ބޮޑު ބިމެއް 99 އަހަރަށް ދޫކުރުމަކީ ގާނޫނުއަސާސީގެ 250 އަދި 251 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނީ އޮނިގަނޑު މިހާރު އޮތް ގޮތުން ދައުލަތުގެ މުދަލެއް އެއްފަހަރާ މިފަދަ ގޮތަކަށް ބޭރު ފަރާތަކަށް ދޫކުރުމުގެ ބާރު ލިބިދީފައި ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، ތިންވަނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.

އީގަލް ހިލްސް އިން ރަސްމާލޭގައި ވޯޓާ ފްރަންޓާއި މެރީނާއެއް ތަރައްގީކުރުމަށް މި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫއަކީ ބިން "ވިއްކާލުން" ކަމަށް ބުނެ ގިނަ ސިޔާސީ ފަރާތްތަކަކުން އަންނަނީ އެއްބަސްވުން އާންމުކުރުމަށް ގޮވާލައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޓެގް

ރަސްމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (1)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.