ކަޅުބާޒާރުގައި ޑޮލަރުގެ އަގު އާޓިފިޝަލްކޮށް މަތިކޮށްފައި ހުރި ހުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކަޅުބާޒާރުގައި ޑޮލަރު ރޭޓް ހުރި މިންވަރަށްވުރެ ވެސް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަރުކަޒީ ބޭންކުގެ މައުލޫމާތުތަކުން ދައްކާގޮތުން ޑޮލަރުގެ ކަޅުބާޒާރުގެ އަގުތައް މިހާރު ވަނީ ކުރީގެ ދުވަސްވަރާ އަޅައިބަލާއިރު ދަށްވާން ފަށާފައެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކުރިއަށް އོތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ޕޮޒިޓިވް ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވެން އަންނާނީ ހަމައެކަނި ޤާނޫނީ މިންގަނޑުތަކުގެ ތެރެއިން ބޭންކުތަކާއި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޤާނޫނާ ޚިލާފަށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނީ ފިޔަވަޅުތައް މެދުނުކެނޑި އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...