ޚަބަރު ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ބިދޭސީން ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފެށި ހާއްސަ އޮޕަރޭޝަންގެ ތެރެއިން، އިތުރު 7 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖޮއިންޓް ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ މި ރެއިޑްތަކުގައި ހުޅުމާލޭގެ 8 ތަނެއް ވަނީ ފާސްކޮށްފައިަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާއިން ބުނިގޮތުގައި މި އޮޕަރޭޝަންތަކަކީ ޤަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާއި، އެފަދަ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ސިލްސިލާ ހަރަކާތްތަކެކެވެ. އެގޮތުން މި ފަހަރުގެ އޮޕަރޭޝަނުގައި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށް، ވިސާ މައްސަލަތައް ހުރި 7 މީހަކު ވަނީ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްފައެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ތބި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ “ކުރަނގި” އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށްފަހު މިހާތަނަށް 12،552 ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފައެވެ.

ޓެގް

ބިދޭސީން އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.