ޚަބަރު އެލްޖީއޭގެ ހުއްދަނެތި ކައުންސިލްތަކުގެ ވަޒީފާއަށް މީހުން ނުނެގުމަށް އަންގައިފި

އެލްޖީއޭގެ ހުއްދަނެތި ކައުންސިލްތަކުގެ ވަޒީފާއަށް މީހުން ނުނެގުމަށް އަންގައިފި

އެލްޖީއޭގެ ހުއްދަނެތި ކައުންސިލްތަކުގެ ވަޒީފާއަށް މީހުން ނުނެގުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހާއްސަ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި، އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން އާ މުވައްޒަފުން ވަޒީފާއަށް ނެގުމާއި އެކަމާ ގުޅޭ އިއުލާންތައް ކުރުން މަނާކޮށްފި އެވެ۔

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވި އަންގުމެއްގައިވާ ގޮތުން، މި ނިންމުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ۔ އެހެންކަމުން އެ އޮތޯރިޓީގެ ކާތިބީ ހުއްދައެއް ނެތި އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނެގުމަކީ ދެން ކުރެވޭނެ ކަމެއް ނޫނެވެ۔

މި ފިޔަވަޅުގެ ދަށުން ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްތަކުގެ އަމިއްލަ ބަޖެޓުން ހަރަދުކޮށްގެން އަލަށް އުފައްދާ މަގާމުތަކުގެ އިތުރުން ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނެގުން ވަނީ ހުއްޓުވާފައެވެ۔ އޭގެ އިތުރުން ކޮންޓްރެކްޓް އުސޫލުންނާއި ދުވަހު މުސާރައަށް މަސައްކަތް ކުރާ މުވައްޒަފުން ހަމަޖެއްސުން ވެސް ވަނީ މި އުސޫލުގެ ތެރޭގައި ހިމަނާފައެވެ۔

ޓެގް

އެލްޖީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.