ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
އެއްގަމު އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި، އެގޮތަށް ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް މި ގޮތަށް އަމުރުކުރީ މިއަދުއެވެ. އެއީ ސެޕްޓެމްބަރު 7، އަދި ސެޕްޓެމްބަރު 26 ގައި ޓްރާންސްޕޯޓުން ބާތިލް ކުރި އުޅަނދުތަކެއްގެ ވެރި ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންންނެވެ.
ސިވިލް ކޯޓުން އަމުރު ކުރީ އެ މައްސަލަ ބަލައި ނިމެންދެން ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ނުކުރުމަށެވެ.
ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލައިގައި ދައުލަތުން ބުނީ އެ އުޅަނދުތައް ބާތިލް ކުރީ އެއީ އުމުރު ހަމަނުވި ނަމަވެސް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށްވުމުން ކަމަށެވެ.

