ޚަބަރު

ހަގީގަތާ ޚިލާފް ޕްރޮޕެގެންޑާ, ބައެއް މީޑިއާތަކުން ފަތުރަމުންދާތީ ޤައުމީ ދިފާއީ ބާރުން ނޫސްބަޔާނެއް ނެރެފި

ރާއްޖޭގެދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ޚިލާފް ޕްރޮޕެގެންޑާ ބައެއް މީޑިއާތަކުން ފަތުރަމުންދާތީ ޤައުމީ ދިފާއީ ބާރުން ނޫސްބަޔާނެއް ނެރެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބ ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލާ، އެ އޮފިސަރުންނަކީ ކޮށްގެން ތިބި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު އަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި ޢިބާރާތުން އެމިނިސްޓްރީން ކުއްވެރިކުރާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމަށް މިނިސްޓްރީންގެ ބަޔާނުގައިވެއެވެ.

އަދި ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދިވެހި އަސްކަރިއްޔާ އާއި ގުޅުވައި މިފަހަކަށް އައިސް ހަގީގަތާ ހިލާފު ވާހަކަތައް ބައެއް މީޑިއާތަކުން ދެއްކުން އާންމުވެފައިވާ އިރު، ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކާ ބެހޭ ތޯތޯ އަދި ދޮގު ވާހަކަތައް މީޑިއާތަކުގައި ގެނައުން ބަލައި ނުގަނެވޭނެ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.

އެއް ކޮމެންޓް

  1. Mi fahakah ais sifain ge agu vettey zaatuge vaahaka meediyaa takuga liyanee kurin ves verin fenihjje ti zaatuge vaahaka tah meediyaaga liyaa taneh nufene meediyaa tah zinmaadaar nukuru vaifi nama muli maazee kilabu kohfaane

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close