ޚަބަރު

ސިމެންތި ކޮތަޅެއް ބޮލަށް ވެއްޓި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ކޮތަޅެއް ބޮލަށް ވެއްޓި ބަނގްލާދޭޝް ރައްޔިތަކު މަރުވެއްޖެއެވެ.  

ފުލުހުން ވިދާޅުވިގޮތުގައި މިއަދު ހަވީރު 17:30 ހާއިރު ހުޅުމާލޭގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ އެހާދިސާ ހިނގި ޢިމާރާތުގައި މަސައްކަތްކުރަން އުޅުނު ޢުމުރުން 24 އަހަރުގެ ފިރިހެނެކެވެ.

މިހާދިސާ ހިނގީ ސެންޓްރަލް ޕާކް ކައިރީގައި ހަދަމުދާ ޢިމާރާތެއްގައެވެ. އެޢިމާރާތުގެ މަސައްކަތް ކުރަމުންދަނީ “ޖާސް އިންވެސްޓްމަންޓް” ކިޔާ ކުންފުންޏަކުންކަމަށް މަޢުޔލޫމާތުލިބެއެވެ.

ސިމެންތި ބަސްތާދަށުވި މީހާ ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭނާ އޭރުވެސް ވަނީ މަރުވެފައިކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާ ހިނގި އިމާރާތުގައި މިދިޔަ ހޮނިހިރު ދުވަހުވެސްވަނީ އެހެން ޙާދިސާއެއް ހިނގާފައެވެ. އެއީ އެ ޢިމާރާތުގެ ހަތް ވަނަ ފަންގިފިލާއަށް ތަކެތި އެރުވުމަށް ބޭނުންކުރި ލިފްޓެއްގެ ކޭބަލް ކަނޑައިގެން، މީހަކާ އެކު ލިފްޓުމެވެ. މިޙާދިސާ ހިނގިއިރު ލިފްޓުގައިހުރި މީހާއަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަންޖެހުނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close