ޚަބަރު

ޔޫ ޓޫ ޖޭ އެކަޑަމީގެ ހާއްސަ ފުޓްބޯޅަ މެޗަކާއި ބަށިމެޗެއް

ޔޫ ޓޫ ޖޭ އެކަޑަމީގެ ލެވެލް 2 ގެ ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅަ މެޗަކާއި ލެވެލް 3 ގެ ކުދިންނަށް ނެޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖައްސައިފިއެވެ. ޔޫ ޓޫ ޖޭ އެކަޑަމީ ލެވެލް 2 ( ގުރޭޑް 1 ، 2 ،3 )  ގެ ކުދިން ހިމެނޭ  މިއުމުރުފުރާގެ ކުދިނަށް ހާއްސަ ކޮށްގެން ކުޅެވޭ ފުޓްބޯޅަ މެޗާއި ލެވެލް 3 ( ގުރޭޑް 9 ، 8 ،7 ،6، 5 )  ގެ ކުދިން ހިމެނޭ ، މިއުމުރުފުރާގެ ކުދިނަށް ހާއްސަ ކޮށްގެން ކުޅެވޭ ބަށި  މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނ. މާފަރު ސުކޫލުގެ ދަރިވަރުންނާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިފަނީ 18 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު ނ.މާފަރުގައެވެ.

ޔޫޓޫޖޭ އެކަޑަމީ ހުލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފައިލްފޮޓޯ

ޔޫ ޓޫ ޖޭ އެކަޑަމީ އިން އަންނަނީ އެ އެކަޑަމީގެ ދަރިވަރުންނަށް ތަޖުރިބާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ހޯދައިދެމުންނެވެ. އެގޮތުން މީގެ ކުރިންވަނީ ތަޖުރިބަ ގިނަ މެޗްތަކެއް ތަފާތު ރަށްރަށާއި އެކު ވަނީ ކުޅެފައެވެ. ޔޫ ޓޫ ޖޭ އެކަޑަމީގެ ތަފާތު ލެވްލް ތަކުގެ ޓީމުތަކުން ގިނަ މެޗްތަކެއް ކުޅެ، ތަޖުރިބާ ހޯދަމުންދަނީ ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓަރ 2020  އަށް ތައްޔާރުވުމަށް ކަމަށް އެކަޑަމީ އިން މައުލޫމާތު ދެއްވައެވެ.

 ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓާއަކީކުޑަކުދިންގެ ހިތުގައި ފުޓްބޯޅައިގެ ލޯބި ޖެއްސުމަށާއި އޭގެ ފޯރި ކުދިންގެ ކިބައިގައި އާލާކޮށް އެއް މާހައުލެއްގައި ގިނަ ކުދިބަޔަކަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެ އެކަޑަމީ  އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށާއި މިހަރަކާތް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ކޮންމެ އަހަރެއްގެ ވެސް ސުކޫލު ބޮޑު ޗުއްޓީގެ ފަހުކޮޅު ކަމަށް ޔޫ ޓޫ ޖޭ އެކަޑަމީ އިން މައުލޫމާތު ދެއްވައެވެ. ޔޫ ޓޫ ޖޭ އެކަޑަމީއިންވަނީ 2019 ވަނަ އަހަރުވެސް ފޯރިގަދަ ފިއެސްޓަރ އެއް ބާއްވާފައެވެ.  ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓަރ 2020  ވަނަ އަހަރު އިތުރަށް ފޯރިގަދަ ކުރުމަށް އަތޮޅުގެ ބައެއް ރަށްރަށަށް ދައުވަތު ދޭނެ ކަމަށް  ޔޫ ޓޫ ޖޭ އެކަޑަމީ އިން ވަނީ މިއަހަރުގެ ފިއެސްޓަރ ގައި އިއުލާން ކޮށްފައެވެ.

ޔޫ ޓޫ ޖޭ އެކަޑަމީއަކީ 12 އޭޕްރީލް 2018 ގައި ރަޖިސްޓްރީކުރެވި ،  ބޮޑެތިވަމުންއަންނަ ކުޑަކުދިންނަށް ކުޅިވަރުގެ ހުނަރުތައް ރަނގަޅު ފެންވަރަކަށް ދަސްކޮށްދީ، ކުޅިވަރުގެ ރޮނގުން އެކުދިން ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ އެކަޑީމީއެކެވެ. މި އެކަޑީމީގެ އެންމެ ބޮޑުއެއް މަޤްޞަދަކީ ފުޓްބޯޅަ އާއި ބަށިބޯޅަ އަދި ނެޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމާއިއެކު ، ކުޅިވަރުގެ އެކިއެކި ދާއިރާއިން ލަންދޫގެ އެންމެހާ ބޭފުޅުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close