ޚަބަރު

މަސްވެރިކަމާ، ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާތައް ހެދުމަކީ މުހިންމު ކަމެއް – ރައީސް

މަސްވެރިކަމާއި ދަނޑުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު، ޒަމާންވީ ދެ ޞިނާޢަތްކަމަށާއި، އެ ދެ ދާއިރާއިން ދިރާސާތައް ހެދުމަށް، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަކީ، ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން، ޢިލްމީ ހުނަރާއި، ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރެވިގެންދިއުމަކީ ކުރެވޭ ބޮޑު އުންމީދެއްކަމަށާއި،
މިފަދަ ކެމްޕަސް ތަކަކީ ރާއްޖޭގެ ސިނާއަތްތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށް ތަޢުލީމީ ފަންނުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ޤާއިމްކޮށްފައިވާއިރު މިހާރު ކުރެވޭ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ޔުނިވަރސިޓީގެ ކެމްޕަހެއް ހުޅުވުން ކަމަށެވެ. އަދި މިފަދަ ކެމްޕަސްތަކަކީ، ރާއްޖޭގެ ޞިނާޢަތްތައް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަންކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުން 558 ދަރިވަރަކު ދަސްވެނިވެފައިވެއެވެ. ދިވެހި ޤައުމީ ޔުނިވަރސިޓީއަކީ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުމަށް މީގެ 46 އަހަރުކުރިން ފެށި ސެންޓަރެކެވެ. އެހެންނަމަވެސް މިހާރު އެ ޔުނިވަރސިޓީން ގެންދަނީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މީހުން ބިނާކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close