ޚަބަރު

ސްޓޫޑެންޓް ލޯންސްކީމަށް، ޖޫން 20 ގައި އަލުން ފުރުޞަތު ހުޅުވާލަނީ

ސްޓޫޑެންޓް ލޯންސްކީމަށް އަލުން ފުރުސަތު ހުޅުވާލުމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނިންމައިފިއެވެ.

ޑިޕާޓްމެންޓް އޮފް ހަޔާ އެޑިޔުކޭޝަނުން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި ޖޫން މަހުގެ 20 ވަނަ ދުވަހު އާ ލޯނު ސްކީމަކަށް ހުޅުވާލާނެ ކަމަށެވެ.

މިފަހަރު ލޯނު ސްކީމަށް ހުުޅުވާ ފުރުސަތުތަކަކީ, މާރިޗް 2019 ގައި އިއުލާންކޮށްފައިވާ ލޯން ސްކީމުގެ ތެރެއިން ސަރުތުހަމަނުވުމުގެ ސަބަބުން ހުސްކޮށް ހުރި ސްލޮޓްތައް ކަމަށެވެ.

މާރިޗް މަހުގެ ލޯން ސްކީމްގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަލަށް ކިޔަވަން ފަށާ 158 ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close