
ވިސްނާލައްވާ، ތިބާ ބޭނުންވަނީ 200,000 ރުފިޔާގެ ކާރެއް ގަންނަން. އެކަމަކު އަތުގައި ފައިސާއެއް ނެތް.
1. އާދައިގެ ލޯނު (ކޮންވެންޝަނަލް ލޯން)
މިއީ ތިބާ “ފައިސާ ކުއްޔަށް ހިފުން” ކަހަލަ ކަމެއް.
• ކަން ހިނގާގޮތް:
1. ތިބާ އާދައިގެ ބޭންކަކަށް ގޮސް، ކާރު ގަންނަން 200,000 ރުފިޔާގެ ލޯނަކަށް އެދެން.
2. ބޭންކުން އެޕްރޫވް ކޮށްފައި، ތިބާގެ އެކައުންޓަށް 200,000 ރުފިޔާ ޖަމާކޮށްދެނީ.
3. ތިބާ އެ ފައިސާ ހިފައިގެން ގޮސް ކާރު ވިއްކާ ފަރާތަށް ފައިސާ ދައްކާފައި ކާރު ގަނެގެން ގެންނަނީ.
4. އޭގެ ފަހުން، ތިބާ ބޭންކަށް ފައިސާ ދައްކަން ފަށަނީ. އެކަމަކު ދައްކަން ޖެހެނީ 200,000 ރުފިޔާއަށް ވުރެ އިތުރު އަދަދެއް. މިސާލަކަށް، 5 އަހަރު ތެރޭގައި ޖުމްލަ 250,000 ރުފިޔާ.
5. އެ އިތުރުވާ 50,000 ރުފިޔާ އަކީ ބޭންކުން ތިބާއަށް ފައިސާ ދަރަންޏަށް ދިނުމުގެ އަގު. މިއީ ”އިންޓްރެސްޓް” ނުވަތަ “ރިބާ”.
• މައިގަނޑު ނުކުތާ:
o ބޭންކުގެ ވިޔަފާރިއަކީ ފައިސާ. އެމީހުން ތިބާއަށް ފައިސާ ވިއްކީ.
o ބޭންކަކަށް ކާރާ އެއްވެސް ގުޅުމެއް ނެތް. އެމީހުން ދިނީ ފައިސާ. ތިބާ އެއިން ކޮންމެ ކަމެއް ކުރިޔަސް، ބޭންކަށް ފައިސާ ދައްކަން ޖެހޭނެ.
2. އިސްލާމިކް ފައިނޭންސިން ސްކީމް
މިއީ “ފައިސާ ކުއްޔަށް ހިފުމެއް” ނޫން. މިއީ ބޭންކާއި ތިބާއާ ދެމެދު ހިނގާ ”ވިޔަފާރި މުޢާމަލާތެއް”.
• ކަން ހިނގާގޮތް:
1. ތިބާ އިސްލާމިކް ބޭންކަކަށް ގޮސް، ވަކި މޮޑެލްއެއްގެ ކާރެއް ގަންނަން ބޭނުންވާ ވާހަކަ ބުނަނީ.
2. ބޭންކުން ތިބާ ބޭނުންވާ ކާރު، ކާރު ވިއްކާ ފަރާތުން 190,000 ރުފިޔާއަށް ގަނޭ. (ބޭންކަށް އަގުހެޔޮކޮށް ލިބިދާނެ). މި ހިސާބުން ކާރުގެ ވެރިފަރާތަކީ ބޭންކް.
3. އޭގެ ފަހުން، ބޭންކުން އެ ކާރު ތިބާއަށް ވިއްކާލަނީ އިތުރު ފައިދާއެއް ލައިގެން. މިސާލަކަށް 240,000 ރުފިޔާއަށް.
4. ތިބާ އެއްބަސްވެ، ބޭންކަށް މަހުން މަހަށް ފައިސާ ދައްކައިގެން 5 އަހަރު ތެރޭގައި އެ 240,000 ރުފިޔާ އަގު އަދާކުރަނީ.
5. އިތުރަށް އެ ދެއްކި 50,000 ރުފިޔާ އަކީ “ރިބާ” އެއް ނޫން. އެއީ ބޭންކުން ކާރު ގަނެ، ތިބާއަށް ވިއްކާލައިގެން ހޯދި ވިޔަފާރީގެ ފައިދާ.
• މައިގަނޑު ނުކުތާ:
o ބޭންކުގެ ވިޔަފާރިއަކީ މުދާ (އެސެޓް). މި މިސާލުގައި، އެއީ ކާރު.
o ބޭންކުން ތިބާއަށް ފައިސާ ދަރަންޏަކަށް ނުދޭ. ބޭންކުން ކުރީ އަސްލު ވިޔަފާރިއެއް. އެއީ ކާރެއް ގަނެފައި، ތިބާއަށް ވިއްކާލުން.
o މި މުޢާމަލާތް ބިނާވެފައިވަނީ އަސްލު އެއްޗެއްގެ މައްޗަށް.
ޚުލާސާކޮށް ތަފާތުތައް
އެހެންވީމާ، އެންމެ ބޮޑު ތަފާތަކީ، އާދައިގެ ލޯނަކީ ފައިސާގެ ވިޔަފާރިއެއް. އިސްލާމިކް ފައިނޭންސަކީ އަސްލު މުދަލެއް ނުވަތަ ޚިދުމަތެއްގެ ވިޔަފާރިއެއް.
އުއްމީދުކުރަން މިހާހިސާބުން ތަފާތު ސާފުވެވަޑައިގެންނެވި ކަމަށް.

