ޚަބަރު

ރިސޯޓްތަކުގައި މަސައްކަތްކުރާ ފަންނުވެރިންނަށް ވެކްސިން ދެނީ

ރިސޯޓުތަކަށް ގޮސް އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަންނުވެރީންނަށް ކޮވިޑް ވެކްސިން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ވިދާޅުވެފައި ވަނީ އެ ސެންޓަރުގައި ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން

ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން އެ ސެންޓަރުން ކުރަމުންދާކަމަށެވެ.

އެހެންކަމުން ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން

އެންމެ އަވަސް ފުރުޞަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެ ސެންޓަރުން ވަނީ ދަންނަވާފައެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭ އިން ޤާއިމްކޮށްފައިވާ ޕޯޓަލް ގައި ރަޖިސްޓްރީވުމަށްވެސް ދަންނަވާފައިވެއެވެ.

އެންސީއޭ އިން ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަތް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް އެ ސެންޓަރުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ތިރީގައިވާ ދެ ލިންކުން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާއިރު، ގިނަ ފަރާތްތަކަކުން އަންނަނީ މި ވެކްސިން ޖަހަމުންނެވެ. ރާއްޖޭގައި ދެމުންދަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. މީގެ އިތުރުން ޗައިނާއިން ވެސް ވަނީ ކޮވިޑް-19 ގެ ވެކްސިން ދިވެހިރާއްޖޭއަށް ހަދިޔާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close