ޚަބަރު

އަޑުބަރޭ އަމިއްލައަށް ކަރެކްޝަނަށް ހާޒިރުވެއްޖެ

ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އަޑުބަރޭ ރޭގެ ވަގުތެއްގައި ރާއްޖެ އައިސް ކަރެކްޝަނާއި ހަވާލުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަޑުބަރޭ ރޭގެ ވަގުތެއްގައި އަމިއްލައަށް ރާއްޖެ އައިސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުވެފައިވާ ކަމަށެވެ. އަދި އެއާޕޯޓުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް އޭނާ މިހާރު ގެނެވިފައިވާ ކަމަށެވެ.

އަޑުބަރޭ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ހޯދުމަށް، އަލީގެ ފަރާތުން އަޑުބަރޭ ޖާމިނުވިނަމަވެސް އެއްބަސްވި މުއްދަތުގައި އަލީ ވަހީދު އަނބުރާ ރާއްޖެ އައިސްފައި ނުވާތީއެވެ.

ގުޅުންހުރި ލިޔުންތައް

ކްރިމިނަލް ކޯޓުން އަޑުބަރޭ ޖަލަށް ލުމަށް ހުކުމް ކުރީ މި މަހުގެ 2 ވަނަ ދުވަހުގައެވެ. ހުކުމް ކުރިއިރުވެސް އޭނާ ހުރީ އިނގިރޭސިވިލާތުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close