ޚަބަރު މި ރޯދަމަހުވެސް އަސާސީ ކާބޯތަކެތީ އަގު ބޮޑުވެގެނެއް ނުދާނެ: އެސްޓީއޯ

މި ރޯދަމަހުވެސް އަސާސީ ކާބޯތަކެތީ އަގު ބޮޑުވެގެނެއް ނުދާނެ: އެސްޓީއޯ

މި ރޯދަމަހުވެސް އަސާސީ ކާބޯތަކެތީ އަގު ބޮޑުވެގެނެއް ނުދާނެ: އެސްޓީއޯ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށްޓަކައި، ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ޖުމްލަ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ މިދިޔަ ސެޕްޓެންބަރު މަހު އަސާސީ ތަކެތީގެ ލިސްޓަށް ގެނައި ބަދަލުތަކާއެކު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ނިންމި ނިންމުމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މާލެ ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުގެ އިތުރުން، އަތޮޅުތެރޭގެ 11 ސަރަހައްދެއްގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ސެންޓަރުތަކުންވެސް މި ބާވަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ރޯދަ މަހުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓެއް ހުޅުވުމަށްވެސް ދަނީ ތައްޔާރުވަމުންކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނިގޮތުގައި އަތޮޅުތެރޭގެ ބޮޑެތި ރަށްތަކާއި ސިޓީތައް ހިމެނޭހެން ފުޅާދާއިރާއެއްގައި މި ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދަކީ، ރޯދަ މަހު ތަކެތީގެ އަގު ބޮޑުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމެވެ. މިއީ ކޮންމެ އަހަރަކުވެސް އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެކުންފުނިން ބުންޏެވެ.

ޓެގް

އެސްޓީއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.