ޚަބަރު

ޝައިހް ފަޒުލޫން އާއި ނިޝާނަށް ވަކީލުން ހަމަޖައްސަން 10 ދުވަސް ދީފި

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކޮށްފައިވާ ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް ފަޒުލޫން މުހައްމަދާއި އާދަމް ނިޝާނަށް ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މިއަދު އޮންލައިންކޮށް ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި، މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ދައުވާ ރައްދުވާ މީހުނަށް ގާނޫނުން ލިބިދޭ ހައްގުތައް ވިދާޅުވެ ދެއްވައިފަ އެވެ. ދައުވާއަށް ޖަވާބުދާރީވުމާއި ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ހައްގު އޮތް ކަމަށް ވިދާޅުވި އެވެ.

މިއަދު ޝަރީއަތަށް ފަޒްލޫން އަދި ނިޝާން ވެސް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ހަމަޖައްސަން 10 ދުވަސް ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމައިލި އެވެ.
ތަހުގީގު މަރުހަލާގެ ތެރޭގައި ފަޒްލޫނާއި ނިޝާން ވަނީ އެ ދެ މީހުނަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 19 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close