ކުޅިވަރު

ރެއާލްއިން ބާސާ ކޮޅަށް ޖެހި ތިން ގޯލާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފި

ރެއާލްއިން ބާސާ ކޮޅަށް ޖެހި ތިން ގޯލާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ރޭ ރެއާލް އަމިއްލަ ދަނޑުގައި ބާސެލޯނާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ފުރަތަމަ ލަނޑު ކަރިމް ބެންޒެމާ ކާމިޔާބުކުރީ ވިނީސިއަސް ޖޫނިއާ ފޮނުވާލި ބޯޅަ މާކް އަންދްރޭ ޓާ ސްޓެގެން ދިފާއުކުރުމުން ލިބުނު ރީބައުންސްއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެޑެރިކޯ ވަލްވާޑޭ ވަނީ 20 ޔާޑުގެ ރީތި ޑްރައިވްއަކުން ޗެމްޕިއަނުންގެ ލީޑު ފުޅާ ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ބާސާއިން ކުޅުން ރަނގަޅުކޮށް ރޮބަޓް ލެވަންޑޯސްކީ ގެ ފްލިކް އޮން އިން ފެރާން ޓޮރޭސް ވަނީ އެޓީމަށް ފަރަގު ކުޑަކޮށް ގޯލެއް ކާމިޔާބުކޮށްދީފައި އެވެ.

ނަމަވެސް އެގޯލަށް މާގިނަ އިރުތަކެއް ނުވަނީސް ރޮޑްރިގޯ ވަނީ ޕެނަލްޓީއަކުން ރެއާލްގެ ލީޑު ފުޅާކޮށްދީފައި އެވެ.

މި މޮޅާއި އެކު ލަލީގާގެ އެއްވަނައަށް ރެއާލް ވަނީ ޖެހިލާފައެވެ. ބާސާ އޮތީ 3 ޕޮއިންޓްގެ ފަރަގަކާއި އެކު ލީގުގެ ދެވަނައިގައެވެ.

މިއީ ޒަވީއަށް ބާސެލޯނާގެ ކޯޗުކަމުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އަވޭގައި ލަލީގާގައި ބަލިވި ފުރަތަމަ ފަހަރެވެ. މިސީޒަނުގައި ވެސް އެޓީމަށް ލިބުނު ފުރަތަމަ ބައްޔެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close