ކުޅުދުއްފުށީގައި މަގުމަތިން އަނބުރާލި ސައިކަލެއްގައި ބާރު ސްޕީޑުގައި އައި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ބިނދި، އިތުރު ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަގުމަތިން ސައިކަލެއް އަނބުރާލި ވަގުތު، ނުހުއްޓުވިގެން އައި ބާރު ސްޕީޑުގެ ސައިކަލު އައިސް އޭގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި އަނބުރާލި ސައިކަލުގައި އިން އަންހެން މީހާގެ އެއް ފައި ބިނދިފައިވާއިރު، އޭނާގެ ހަށިގަނޑުގެ އެހެން އެކި ތަންތަނަށްވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
މީގެއިތުރުން، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުގައި ތިބި ފިރިހެން މީހާއަށާއި 17 އަހަރުގެ ކުއްޖާއަށްވެސް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ. އޭގެ ތެރެއިން ފިރިހެން މީހާގެ މޫނުމައްޗަށް ތަފާތު އަނިޔާތައް ލިބިފައިވެއެވެ.
މި ނުރައްކާތެރި ހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...