ޚަބަރު ރިސޯޓުތަކުން ޑޮލަރު މާރުކުރުން ލާޒިމުކުރީ އާންމުންގެ ހައްގުގައި: ނައިބު ރައީސް

ރިސޯޓުތަކުން ޑޮލަރު މާރުކުރުން ލާޒިމުކުރީ އާންމުންގެ ހައްގުގައި: ނައިބު ރައީސް

ރިސޯޓުތަކުން ޑޮލަރު މާރުކުރުން ލާޒިމުކުރީ އާންމުންގެ ހައްގުގައި: ނައިބު ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އިންސައްތައެއް ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ޖެހޭ ގޮތަށް ގެނެސްދިން އިސްލާހަކީ ދިވެހި ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްދިން ބަދަލުގެ މައިގަނޑު މަގުސަދަކީ ގައުމުގައި ޑޮލަރު ދައުރުނުވުމާއި، ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ އިގުތިސާދީ ހަމަޖެހުމަށްޓަކައި އެޅުއްވި ދުރުވިސްނޭ އަދި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ ސަރުކާރުތަކަށްވެސް ޑޮލަރުގެ މި މައްސަލަ އެނގިވަޑައިގެން ތިއްބެވި ނަމަވެސް، އެކަމާ މެދު އަމަލީ ގޮތުން ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ އެދުމުގެ މަތިން މި ނިންމެވުން ނިންމެވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ކަމަށާއި، މި ބަދަލުގެ ސަބަބުން ބައެއް ފަރާތްތަކަށް ލިބޭ ނާޖާއިޒު ފައިދާތައް ހުއްޓޭތީ އޮޅުވާލުންތައް ފެތުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، އެމްޑީޕީގެ ވެރިކަމުގައި ގާނޫނު ސަސްޕެންޑްކޮށް ފައިސާ ޗާޕުކުރުމުގެ ނަތީޖާއަކަށްވީ ގައުމު ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިވެ، ސްކޫލްތަކާއި ހޮސްޕިޓަލްތައް މޯގޭޖުކުރަން ޖެހުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރި ނަމަވެސް، އެ އަޑުތަކަށް އޭރުގެ ސަރުކާރުން އިޖާބަދީފައިނުވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިޖުތިމާއީ އަދި އާއިލީ ގުޅުންތައް ބަދަހިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ ސިޔާސީ ވާދަވެރިންނަށްވެސް އިހުތިރާމާއެކު މުއާމަލާތް ކުރައްވާ، ޒާތީ ނުވާ ނަމޫނާ ލީޑަރެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު ބުރައެއް ނުޖައްސައި، ދައުލަތުގެ ދަރަނިތައް ހަލާސްކޮށް ގައުމުގެ އިގުތިސާދު އަލުން އާރާސްތުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނައިބްރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.