ޚަބަރު ޙައްޤު ނޫން މުދަލުން މަންފާ ހޯދުން ހުއްޓުވުމަށް ޚާއްޞަ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޙައްޤު ނޫން މުދަލުން މަންފާ ހޯދުން ހުއްޓުވުމަށް ޚާއްޞަ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޙައްޤު ނޫން މުދަލުން މަންފާ ހޯދުން ހުއްޓުވުމަށް ޚާއްޞަ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަސާސެއް ނެތް ގޮތުގައި އަދި ޤާނޫނީ ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާއިން މާލީ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި ބިލު މަޖިލީހަށް ފޮނުއްވެވިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ އިސްނެގުމުގެ މަތިން ހުށަހެޅި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ ދައުލަތަށް ނެގޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ އެންމެހައި މަގުތައް ބަންދުކުރުން ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުށް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވާ ޤާނޫނީ ގޮންޖެހުންތަކާއި ހުރަސްތަކަށް މި ބިލުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭނެ ވަށައިޖެހޭ ނިޒާމެއް ނެތުމުގެ ސަބަބުން ކޮރަޕްޝަން ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް އޭގެ ނާޖާއިޒު ފައިދާ ނަގައި، މުއްސަނދިކަން އިތުރުކުރުމުގެ ފުރުޞަތު އޮންނަކަން ފާހަގަކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ “އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު” ގެ ޑްރާފްޓެއްވެސް އެކުލަވާލާފައެވެ.


ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.