ޚަބަރު ރަސްމާލޭގެ އިންވެސްޓްމެންޓުން ދިވެހި މަސައްކަތްތެރިންނަށް ކުރިއެރުން ލިބޭނެ: އީގަލް ހިލްސް

ރަސްމާލޭގެ އިންވެސްޓްމެންޓުން ދިވެހި މަސައްކަތްތެރިންނަށް ކުރިއެރުން ލިބޭނެ: އީގަލް ހިލްސް

ރަސްމާލޭގެ އިންވެސްޓްމެންޓުން ދިވެހި މަސައްކަތްތެރިންނަށް ކުރިއެރުން ލިބޭނެ: އީގަލް ހިލްސް
އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު --- ފޮޓޯ: ޕީއެސްއެމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީގަލް ހިލްސްއިން ރާއްޖޭގައި ކުރިއަށްގެންދާ ބިޔަ މަޝްރޫޢުތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި އާކިޓެކްޓުންނާއި ކޮންޓްރެކްޓަރުންގެ ބައިވެރިވުން އިތުރުކޮށް، ދިވެހިންނަށް ސީދާ ފައިދާވާނެ ގޮތަށް ކަންކަން ރޭވުމަށް ކަމަށް އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަލްއައްބާރު ފާހަގަކުރެއްވީ، ކޮންމެ ބޮޑު އިންވެސްޓްމެންޓެއްގެވެސް ނަތީޖާ ފެންނާނީ އެ ޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ހިއްސާ އޭގައި އޮންނަ މިންވަރަކުން ކަމަށެވެ. އަދި އީގަލް ހިލްސްގެ އަމާޒަކީ ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، އެކި ދާއިރާތަކުން މީހުން ތަމްރީނުކޮށް، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 40 އަހަރު ދުބާއީ ހޯދި ތަރައްޤީގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއެކު ރައްޔިތުންނަށް އުފެދޭ ވަޒީފާގެ ފުރުޞަތުތަކާއި، ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަކީ މަޝްރޫޢެއްގެ ކާމިޔާބީ މިނެކިރާ މައިގަނޑު މިންގަނޑު ކަމަށެވެ.

ދުނިޔޭގެ 20 ޤައުމެއްގައި އެ ކުންފުނިން މަސައްކަތް ކުރަމުންދާއިރުވެސް ގެންގުޅޭ އުޞޫލަކީ އެ ޤައުމެއްގެ މަސައްކަތްތެރިން ބޭނުންކޮށްގެން ކަންކަން ކުރިއަށްދިއުން ކަމަށާއި، ރަސްމާލޭގެ މަޝްރޫޢުގައިވެސް އަމަލުކުރާނީ އެގޮތުގެ މަތިން ކަމަށް އަލްއައްބާރު ވިދާޅުވިއެވެ.

ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާއިރު، މިހާރު ދަނީ މަޝްރޫޢުގެ މައި އެއްބަސްވުން އެކުލަވާލުމުގެ ފަހު މަރުޙަލާގެ މަސައްކަތްތައް ކުރަމުންނެވެ.

ޓެގް

ރަސްމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.