ޚަބަރު ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށްވެސް ބޯކޮށް ވާރޭވެހި، މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިންޒާރުކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މިހާރު ފެށިގެން މިއުޅެނީ މޫސުމީ ބޮޑު ވިއްސާރައެކެވެ. މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއަދުވެސް ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. ނަމަވެސް ވާރޭ ބޯވި ނަމަވެސް، ވައިގަދަވެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަކަށް ނުބެލެވެއެވެ.

އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެހެން އަހަރުތަކާ އަޅާބަލާއިރު މި އޮކްޓޫބަރު މަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހުމުގެ ފުރުސަތު ބޮޑެވެ. މީގެއިތުރުން، ވިއްސާރައިގެ އަސަރު ހުރި ނަމަވެސް މި މަހު މުޅި ރާއްޖޭގެ ފިނިހޫނުމިންވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.