ކުޅިވަރު ސްނިލް ޗެތްރީ ޖެހި ގޯލާއެކު މުބާރާތުގައި ކުރިއަށްދިއުމުގެ ހިތްވަރު އިންޑިއާއިން އާކޮށްފި

ސްނިލް ޗެތްރީ ޖެހި ގޯލާއެކު މުބާރާތުގައި ކުރިއަށްދިއުމުގެ ހިތްވަރު އިންޑިއާއިން އާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ އިންޑިއާއާއި ނޭޕާލް ބައްދަލުކުރި މެޗްގައި ސްނިލް ޗެތްރީ ޖެހި މުހިންމު ގޯލާއެކު މުބާރާތުގައި ކުރިއަށްދިއުމުގެ ހިތްވަރު އިންޑިއާއިން އާކޮށްފިއެވެ.

ނޭޕާލާ ބައްދަލުކުރި މި މެޗުގައި ޖެހި ހަމައެކަނި ގޯލް 83 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތްރީ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ. ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް މިމެޗްގައި ޗެތްރީއަށްލިބުނު އިރު ކާމިޔާބު ކުރެވުނީ ހަމައެންމެ ފުރުޞަތެކެވެ. އެކަމަކު އެ ފުރުޞަތަކީ 1.38  ބިލިއަން އާބާދީ ހިމެނޭ އިންޑިއާގެ ހުރިހާ ރައްޔިތުން ހެއްވާލީ ފުރުޞަތަކަށް ވަނީ ވެފައެވެ.

މިރޭގެ މެޗް އިންޑިއާއަށް މުހިންމު ވެފައިވަނީ މި މުބާރާތުން އެމީހުން ކެޓުން ކައިރިވެފައިވާއިރު މި ސަރަޙައްދުގެ އެންމެ ވަރުގަދަ ޓީމްގެ ގޮތުގައި އިންޑިއާ އޮތް އޮތުން ދިފާއު ކުރުމަކީ އިންޑިއާއަށްއޮތް ގޮންޖެހުމަކަށް ވުމާއެކުގައެވެ.

އިންޑިއާ ދެން ބައްދަލުކުރާނީ ދިވެހިރާއްޖެއާއެވެ. މިމެޗް ވެގެންދާނީ އަނެއްކާވެސް އިންޑިއާއަށް ވަރަށް މުނިންމު މެޗަކަށެވެ. ހަމައެހެންމެ ދިވެހިރާއްޖެއިންވެސް މިމެޗް ކާމިޔާބު ކުރެވިއްޖެނަމަ ފައިނަލްގެ އެއްޖާގަ ކަށަވަރު ވާނެއެވެ.

ދެން މިމުބާރާތުގެ މެޗެއް އޮންނާނީ މިމަހުގެ 13 ވަނަދުވަހުއެވެ. އެދުވަހުވެސް ދެމެޗް ކުޅެންވަނީ ހަމަޖެހިފައެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ބަނގްލާދޭޝް އާއި، ނޭޕާލެވެ. އެދުވެހުގެ ރޭ ކުޅެންހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ އިންޑިއާއި، ދިވެހިރާއްޖެއެވެ.

ޓެގް

ސާފުޗެމްޕިއަންޝިޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.