ޚަބަރު ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ތިބި ތަނުން ފެނުނީ ޓްރެފިކިން މިންގަނޑުގެ މަސްތުވާތަކެތި: ފުލުހުން

ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ތިބި ތަނުން ފެނުނީ ޓްރެފިކިން މިންގަނޑުގެ މަސްތުވާތަކެތި: ފުލުހުން

ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ތިބި ތަނުން ފެނުނީ ޓްރެފިކިން މިންގަނޑުގެ މަސްތުވާތަކެތި: ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލިމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދިވެހި ފިލްމީ ތަރިންތައް ތިބި ކޮޓަރިން ފެނުނު މަސްތުވާތަކެތި ހުރީ ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރަށް ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އެންޓި-ނާކޮޓިކްސް ޑިޕާޓްމަންޓުން އިއްޔެ ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ އަޙްމަދު އަޒްމީލް، އިސްމާޢީލް ޖުމައިޙު އަދި މުޙައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން ޝާހިލް މުޙައްމަދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. މި ހަތަރު މީހުންވެސް އަތުލައިގަތީ އެ މީހުން ތިބި ކޮޓަރީގެ ދޮރު ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުޅުވައިގެން ވަދެއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުން އެ ކޮޓަރިއަށް ވަން ވަގުތު އެ ތަނުގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހުރީ އެއްވެސް ފޮރުވުމެއް ނެތި ހާމައަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަރަޖައަށް ފެތޭ ކަމަށް ފުލުހުން ބަޔާންކުރި ނަމަވެސް، އެއީ ކޮން ބާވަތެއްގެ ތަކެއްޗެއް ކަމެއް އަދި އޭގެ ސީދާ ބަރުދަނެއް ކޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޓެގް

މަސްތުވާތަކެތި ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.