ބޭރުދުނިޔެ

މީލާދިން 18 ވަނަގަރުނުގައި ބޭނުންކުރި ރަންފައިސާ ފޮތިތަކެއް ފެނިއްޖެ

އިނގިރޭސި ވިލާތުގެ އިރުމަތީ ހިސާބުގަނޑުގައި އޮންނަ އަވަށެއްކަމުގައިވާ އީސްޓް ޔޯކްޝަޔަރ ގައި ދިރިއުޅޭ ދެމަފިރިއަކަށް މީލާދިން 18 ވަނަގަރުނުގައި ބޭނުންކުރި ރަންފައިސާ ފޮތިތަކެއް ފެނިއްޖެއެވެ.

ދަ އިންޑިޕެންޑެންޓް އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެފައިސާ ފޮތިތައް ފެނިފައިވަނީ އެ ދެމަފިރިން ދިރިއުޅޭ ގޭގެ ބަދިގެ ތަޅުންގަނޑު ދަށުގައި ވަޅުލައިފައިވާ ތެއްޔެއް ކަހަލަ އެއްޗަކަށް އަޅާފައި ހުއްޓައެވެ.

އީސްޓް ޔޯކްޝަޔަރ އަކީ ޔޯކްޝަޔަރ އާއި އިންގްލެންޑްގެ ހަމްބަރ ރީޖަންގައި ރަސްމީ ކައުންޓީ އަދި ޔުނިޓަރީ އޮތޯރިޓީ އޭރިއާ އެކެވެ.

އެ ދެމަފިރިންނަށް އެމީހުންގެ ބަދިގެ ތަޅުމުގެ ދަށުން 260 އަށް ވުރެ ގިނަ، ގަދީމީ ރަން ފައިސާ ފޮތި ފެނިފައިވާއިރު، ނީލަމުގައި 754،000 ޕައުންޑަށް ވަނީ ވިއްކާލައިފައެވެ.

ކަމުގެ މާހިރުން ލަފާކުރާގޮތުގައި މިއީ މީލާދީން 18 ވަނަ ގަރުނުގައި 1610 އިން 1727 އަށް އިނގިރޭސި ވިލާތުގައި ބޭނުންކުރި ފައިސާއެކެވެ.

އެމެރިކާ، ޔޫރަޕް، އޮސްޓްރޭލިއާ، ޗައިނާ އަދި ޖަޕާނުގެ އަމިއްލަ ކަލެކްޓަރުންގެ ސަމާލުކަން މި ފައިސާ ފޮތިތަކަށް އަމާޒުވި އިރު،މި އާއިލާއަކީ ލަކުޑިއާއި ދަގަނޑާއި، އަދި ކޯލުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް މަޝްހޫރު އާއިލާއެއް ކަމަށާއި، ފަހުން 1700 ގެ ކުރީކޮޅު އެ އާއިލާގެ ބައެއް މެމްބަރުން ވަނީ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު އަދާކުރައްވާފައި އިންޑިޕެންޑެންޓުން ރިޕޯޓްކޮށްފައިވެއެވެ.

އެ ނީލަންކުރިއަށް ގެންދިޔަ ފިހާރައިން ބުނީ މި ކަލެކްޝަނަކީ މިހާތަނަށް “އިނގިރޭސިވިލާތުން ފެނުނު 18 ވަނަ ގަރުނުގެ އިނގިރޭސި ރަން ފައިސާ ފޮތިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހޯޑް” ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close