އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއް ހެކްކޮށް ސުޕްރީމް ލީޑަރު އަލީ ޚާމަނާއީއާ ދެކޮޅަށް އަޑުއުފުލައިފި
އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއް ހެކްކޮށް ސުޕްރީމް ލީޑަރު އަލީ ޚާމަނާއީއާ ދެކޮޅަށް އަޑުއުފުލައިފިއެވެ.
ރިޕޯޓްތައް ބުނަގޮތުގައި ހޮނިހިރު ދުވަހު އެ ޓީވީޗެނެލް ހެކްކޮށްފައި ވާއިރު، އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީއާ ދެކޮޅަށް ފާރިސީ ބަހުން ލިޔެފައިވާ މެސެޖުގައި ވަނީ، “އަހަރެމެންގެ ޒުވާނުންގެ ލޭ ތިޔަ އަތުގައިވަނީ ހޭކިފައި” އެމެސެޖްވަނީ އިނގިރޭސި ބަހުންވެސް ތަރުޖަމާކޮށްފައެވެ.
ގާތްގަނޑަކަށް 10 ސިކުންތުގެ ދިގުމިނުގެ ކުރުވީޑިއޯ ކްލިޕަކުން އެމެސެޖު ފޮނުވާފައިވާއިރު، އެއީ ސެޕްޓެމްބަރު 13 ވަނަ ދުވަހު ތެހެރާންގެ ފުލުހުން ހައްޔަރުކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އަމީނީގެ މަރާގުޅިގެން އީރާނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ތެރެއިން ހިނގާފައިވާ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އަމީނީ އަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ އޭނާ މަރުވީ އެ ހާދިސާއާއި ގުޅުމެއް ނެތް ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
އީރާނުގެ ހެކަރުންގެ ގްރޫޕަކުން ހޮނިހިރު ދުވަހު ހެކްކުރި ޓީޗީ ޗެނަލް މިހާރުވަނި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވަކަމަށް ރިޕޯޓްތައްބުނެއެވެ.
އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ.


