ކުޅިވަރު

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ރޮނާލްޑޯގެ 700 ވަނަ ގޯލް ކާމިޔާބުކޮށްފި


އިނގިރޭސި ޕްރިމިއާ ލީގް ގައި ރޭ މެންޗެސްޓާ ޔުނިޓެޑް އާއި އެވަޓަން ބައްދަލު ކުރިމެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ރޮނާލްޑޯގެ 700 ވަނަ ކްލަބް ގޯލް ކާމިޔާބުކޮށްފިއެވެ.

ރޮނާލްޑޯގެ އެ ރެކޯޑާއެކު ރޭގެ މެޗް 2-1 ގެ ނަތީއްޖާއިން މެންޗެސްޓާ ޔުނައިޓެޑް ވަނީ ކާމިޔާބް ކޮށްފައެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑް ނެެގީ ކައުންޓާ އެޓޭކެއްގައިި އެވަޓަންއިންނެވެ. އެވަޓަންއަށް މި ލަނޑު ކާމިޔާބު ކޮށދިނީ މެޗުގެ 5 ވަނަ މިނެޓްގައި އެލެކްސް ލޯބީއެވެ. މިއީ ޔުނައިޓެޑްގެ މިޑްފިލްޑަރް ކަސަމީރޯއަށް ހެދުނު ގޯހަކުން ބޯލަ ހޯދައި އެވަޓަންއިން އުފެއްދި ހަމަލާއެކެވެ.

މި ލަނޑަށް ފަހު ޔުނައިޓެޑް އިން އިތުރަށް ކުޅުން ރަގަނޅުކޮށް މެޗުގެ 15 ވަނަ މިނެޓުގައި މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޔުނައިިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޓޮނީއެވެ. މިއީ މިސީޒަންގައި ޔުނައިޓެޑްއާއިި އަލަށް ގުޅުނު ބްރެެޒިލްގް އެންޓޮނީ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކުޅުނު 3 މެޗުން ޖަހައިދިން 3 ވަނަ ގޯލެވެ.

މި ގޯލަށް ފަހު މާޝިއަލްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެެެން ނެރުނެވެ.

ރޮނާލްޑޯ ކުޅެން އެެރިތާ 15 މިނެޓް ނުވަނީސް އޭނާވަނީ ކަސަމީރޯ ތަނަވަސް ކޮށްދިން ފުރުސަތުގެ ބޭނުން ހިިފައި ޔުނައިޓެޑްއަށް އިތުރު ގޯލްއެއް ޖަހައިދީ ލީޑް ނަގާދީފައެވެ. މިއީ ރޮނާލްޑޯގެ 700 ވަނަ ކުލަބް ގޯލެވެ.

މެޗުނިމެން ދަނިކޮށް ރަޝަފޯޑް އިތުރު ގޯލްއެއް ޔުނައިޓެޑަށް ޖަހައިދިން ނަމަވެސް ވީއޭއާރްއިން އިން ވަނީ ގޯލެއްނޫންކަމަށް ނިންމާފައެވެ. އެއީ ރަޝަފޯޑް ގޯލްތެރެޔަށް ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާގެ އަތުގައި ބޯޅަޖެހިފައިވާ ކަމަށް ނިންމައެވެ.

މި މޮޅާއިއެކު ކުޅުނު 8 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނާގައެވެ، އަދި އެވަޓަން އޮތީ ކުޅުނު 9 މެޗުން ލިބުނު 10 ޕޮއިންޓާއި އެކު 12 ވަނައިގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close