ޚަބަރު މާލޭގެ ގެއަކުން 3 ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާލޭގެ ގެއަކުން 3 ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާލޭގެ ގެއަކުން 3 ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ފުލުން މަގުމަތި މޮނިޓަރ ކުރަނީ --- ފޮޓޯ: ސަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ގަލޮޅު ބަނަފްސާ މަގުގައި ހުންނަ ގެއަކަށް ވަދެ، ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއް ފުލުހުންގެ އިދާރާއިން އިސްނަގައިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގ. ޑްރީމް އޮފް ގާޑަންއަށް ރޭގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ވަނީ ދެ ފިރިހެނެކެވެ. އެ މީހުން ވަނީ އެ ގޭގައި ތިބި ދެ އަންހެނުންނާއި ފިރިހެނަކު ރަހީނުކޮށް، ވަޅިން ބިރުދެއްކުމަށްފަހު 3 ލައްކަ ރުފިޔާ ފޭރިގަނެގެން ފިލާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް އެ އިދާރާއަށް ހުށަހެޅި، އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު ތަފްސީލު އާންމުކުރާނެ ކަމަށެވެ.

ޓެގް

ފުލުހުން ވައްކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.