ކުޅިވަރު

ރާއްޖެ-އިންޑިއާ މެޗަށް ޖުމްލަ 3000 ޓިކެޓް ވިއްކަން ނިންމައިފި

ސާފް ޗެމްޕިއަންޝިޕްގައި މިމަހުގެ 13 ވާ ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ޖުމުލަ 3000 ޓިކެޓް ވިއްކާގޮތަށް އެފްއޭއެމްއިން ނިންމައިފިއެވެ.

ޓިކެޓް ވިއްކަން މާދަމާ ފަށާއިރު، މީހަކަށް ގިނަވެގެން ވިއްކާނީ ދެ ޓިކެޓު ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ރާއްޖެ ކުރިން ކުޅުނު ތިން މެޗުގައި ވެސް ވަރަށް ގިނަބަޔަކަށް ޓިކެޓް ނުލިބިގެން އެޝަކުވާތައް ވަނީ ކޮށްފައެވެ. އަދި ބްލެކްމާކެޓްގައިވެސް އަގުބޮޑުކޮށް ޓިކެޓްތައް ވިއްކާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ރާއްޖެ-އިންޑިއާ މެޗަށް އާންމުންނަށް ވިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 3،000 ޓިކެޓު ކަމަށެވެ.

އެފްއޭއެމްއިން ބުނީ ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައި ކަމުގައެވެ.

ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި ތިން ޓިކެޓު ކައުންޓަރު އެފްއޭއެމުން ވަނީ ގާއިމުކޮށްފަ އެވެ.

އެ މެޗަށް ވަންނަން ބޭނުންވާ އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާއިރު، އެ ޓިކެޓު ގަންނަންޖެހޭނީ ގަލޮޅު ދަނޑުން ކަމަށް ބައްސާމް އިތުރަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close