ޚަބަރު ޕާސްޕޯޓްގެ ޚިދުމަތް އިތުރު 4 ރަށަކަށް ފުޅާކުރަނީ

ޕާސްޕޯޓްގެ ޚިދުމަތް އިތުރު 4 ރަށަކަށް ފުޅާކުރަނީ

ޕާސްޕޯޓްގެ ޚިދުމަތް އިތުރު 4 ރަށަކަށް ފުޅާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ވައިގެ ބަނދަރު ހިންގާ ރަށްރަށުގެ ތެރެއިން އެއްހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އިތުރު ހަތަރު ރަށެއްގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ޕާސްޕޯޓް ދޫކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން އިޢުލާނު ކުރައްވައިފިއެވެ.

މި ސަރުކާރު އައިއިރު މަދު ސަރަޙައްދުތަކަކަށް ލިމިޓްވެފައި އޮތް މި ޚިދުމަތް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 39 ރަށެއްގެ އިތުރުން ރާއްޖެއިން ބޭރުގެ ދެ ޤައުމަކުން ވެސް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ލާމަރުކަޒީ އުސޫލުން އަސާސީ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެންގޮސްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ފަހަކަށް އައިސް ޕާސްޕޯޓް ފޮތްތައް ލިބުން ލަސްވެ، ޚިދުމަތަށް އެޅުނު ހުރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޕާސްޕޯޓަކީ ސަލާމަތީ ގޮތުން މަތީ ފެންވަރެއްގެ ލިޔުމަކަށް ވާތީ ޖަރުމަނުގެ މަސްދަރު ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް، މިފަދަ ހުއްޓުމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަބަދުވެސް އިތުރު ސްޓޮކެއް ރައްކާކޮށްފައި ބަހައްޓާނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ސްޓޮކް ލިބުމުގައި ދިމާވި މައްސަލައާ ހުރެ ދޫނުކުރެވި ހުރި 2،600 އަށް ވުރެ ގިނަ ޕާސްޕޯޓް ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ޙަވާލުކޮށް ނިންމުމަށް އިމިގްރޭޝަނުން މިހާރު އަންނަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ. އެ އިދާރާއިން ބުނި ގޮތުގައި އާންމު ހާލަތުގައި ވެސް ދުވާލަކު 350 އެއްހާ މީހުން ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހަޅައެވެ.

ޓެގް

އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.