ޚަބަރު

ލަންކާއިން ގެނެވޭ ތާޒާ މޭވާ އަދި ތަރުކާރީ، ކޮންމެ ބުރާސްފަތި ދުވަހަކު އެން.ސީ.އެސް އިން ލިބޭނެ

އަވަށްޓެރި ލަންކާއިން ވަރަށް ތާޒާކަންމަތީ ގެނެވޭ މޭވާ އާއި ތަރުކާރީ ކޮންމެ ބުރާސްފަތި ދުވަހަކު އެން.ސީ.އެސް ފެއަރ ޕްރައިސް އިން ލިބެން ހުންނާނެކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއެވެ.

ނާރެސް އަށް މަޢުލޫމާތު ދެމުން އެފިހާރައިގެ ފަރާތުން ބުނީ، ބޭނުމަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި، ތާޒާކަންމަތީ މޭވާ އާއި ތަރުކާރީ ފޯރުކޮށްދިނުމެވެ.

ލިބެން ހުންނަ މޭވާތަކުގެ ތެރޭގައި ފޭރު، އަލަނާސި، އަނބު، އެވަކާރޑޯ، މެންޑްރިން އަދި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލޯންގް ބީންސް، ގްރީން ބީން، ބީފް ޓޮމާޓޯ އާއި ލޭޑީސް ފިންގަރ، ބީޓް ރޫޓް އަދި ގިތެޔޮ މިރުހުގެ އިތުރުން އިތުރު ބާވަތްތައްވެސް ހިމެނޭނެކަމަށް އެ ފިހާރައިން ނާރެސް އަށް މަޢުލޫމާތު ދިނެވެ.

ކޮންމެ ހަފުތާއެއްގެވެސް ބުރާސްފަތި ދުވަހު މުޅިން އާ ސްޓޮކު ލިބޭނެ ކަމަށާއި އޯޑަރު ދިނުމުން މާލޭގެ ކޮންމެ ތާކަށްވެސް ހިލޭ ޑެލިވަރީ ކޮށްދެވޭނެ ކަމަށާއި ރަށްރަށުގެ ބޯޓުތަކަށްވެސް ޑެލިވެރީ ކޮށްދެވޭނެކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއެވެ.

އޯޑަރު ދިނުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7880406 ނަންބަރު ފޯނަށެވެ.

މި ފިހާރަ ހުންނަނީ މާލެ، ބުރެވިމަގު ހ.ޝީރީންވިލާ ގުރައުންޑް ފްލޯރ ގައެވެ. އެއީ މަޝްހޫރު ޗީބޯ ކެފޭ ގޯޅި ތެރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close