އައިޔޫއެމްއިން 63 ކޯހެއްގައި ބައިވެރިވުމަށް ހުޅުވައިލައިފި

ދެވަނަ ސެމިސްޓަރގައި އައިޔޫއެމްއިން 63 ކޯހެއް ފެށުމަށް ނިންމައި ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ.
މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކުގައި ޖުމްލަ 63 ކޯހެއް ފެށުމަށް ނިންމައި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިއަދުއެވެ.
އައިޔޫއެމްއިން ކުރި އިއުލާނެއްގައި ވަނީ މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ޖޫންމަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދިފައެވެ.
މީގެ އިތުރުން އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކަށް ވެސް ފޯމު ހުށަހެޅޭނެއެވެ. އީ-މެއިލްކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ.
ދެވަނަ ސެމިސްޓަރގައި އައިޔޫއެމްއާއި އައިޔޫއެމްގެ ލާރނިންގ ސެންޓަރުތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް:
ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުޞޫލުލް ފިޤްހު
ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ
ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން
މާސްޓަރ އޮފް ޤިރާއަތު
މާސްޓަރ އޮފް އާރޓްސް އިން ޤުރްއާނިކް ސައިންސަސް
މާސްޓަރ އޮފް ފިޤްހް އެންޑް އުސޫލުލް ފިޤްހް
މާސްޓަރ އޮފް ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް
މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިޓްރޭޝަން
މާސްޓަރ އޮފް އާރޓްސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް
މާސްޓަރ އޮފް ކޮމްޕަރެޓިވް ލޯސް
މާސްޓަރ އާރޓްސް އިން ޓީސޯލް (ޓީޗިންގ އިންގްލިޝް ޓު ސްޕީކާރސް އޮފް އަދަރ ލެންގުއޭޖަސް)
މާސްޓަރ އޮފް އެޑިޔުކޭޝަން އިން ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ
މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ – ޤުރްއާން
މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ – އިސްލާމިކް އެޑިޔުކޭޝަން
އެގްޒެކްޓިވް މާސްޓަރ އިން އިސްލާމިކް ފައިނޭންސް
މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ގަވަރނަންސް
މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް
ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ
ބެޗްލަރ އޮފް ޤުރްއާނިކް ސްޓަޑީޒް
ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް
ބެޗްލަރ އޮފް އިމާމްޝިޕް
ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް
ބެޗްލަރ އޮފް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން
ބެޗްލަރ އޮފް އެޑިޔުކޭޝަން (ޕްރައިމަރީ)
ބެޗްލަރ އޮފް ޓީޗިންގ އެރަބިކް ލޭންގުއެޖް
ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން
ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް
ބެޗްލަރ އޮފް އާރޓްސް އިން އެރަބިކް ލޭންގުއެޖް
ބެޗްލަރ އޮފް ލޯކަލް ގަވަރނަންސް އެންޑް އެޑްމިނިސްޓްރޭޝަން
ބެޗްލަރ އޮފް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް
ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް
އެސޯސިއޭޓް ޑިގްރީ އިން ޝަރީޢާ އެންޑް ލޯ
އެސޯސިއޭޓް ޑިގްރީ އިން ލޯކަލް ގަވަރނަންސް އެންޑް އެޑްމިނިސްޓްރޭޝަން
ޑިޕްލޮމާ އޮފް އިމާމްޝިޕް
ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ
ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން
ޑިޕްލޮމާ އިން ޓީޗިންގ އެރަބިކް ލޭންގުއެޖް
ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން
ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކް ސްޓަޑީޒް
ޑިޕްލޮމާ އިން އެރަބިކް ލޭންގުއެޖް
ޑިޕްލޮމާ އިން އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
ޑިޕްލޮމާ އިން އެކައުންޓިންގ އެންޑް ފައިނޭންސް
ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
ޑިޕްލޮމާ އިން ލޯކަލް ގަވަރނަންސް އެންޑް އެޑްމިނިސްޓްރޭޝަން
އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާން މެމޮރައިޒޭޝަން
އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާނިކް ސްޓަޑީޒް
އެޑްވާންސްޑް ސެޓްފިކެޓް އިން އެރަބިކް ލޭންގުއެޖް
އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް
އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ
އެޑްވާންސްޑް ސެޓްފިކެޓް ފޯ އިމާމްޝިޕް
ސެޓްފިކެޓް 3 އިން ޖަނާޒާ
ސެޓްފިކެޓް 3 އިން އެރަބިކް ލޭންގުއެޖް
ސެޓްފިކެޓް 2 އިން އެރަބިކް ލޭންގުއޭޖް
ސެޓްފިކެޓް 2 އިން ޤިރާއަތުލް ޤުރްއާން
ސެޓްފިކެޓް 2 އިން އިންގްލިޝް ފޯ ޖެނެރަލް ޕާރޕަސް
ސެޓްފިކެޓް 1 އިން އެރަބިކް ލޭންގުއޭޖް
ސެޓްފިކެޓް 1 އިން އިންގްލިޝް ފޯ ޖެނެރަލް ޕާރޕަސް
ވާހަކަދެއްކުންތެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސް ލެވެލް 1
ޤުރްއާން ޙިފްޡުކުރުމުގެ ކޯސް
ޗައިނީޒް ލޭންގުއޭޖް ބިގިނަރޒް ކޯސް
ޗައިނީޒް ލޭންގުއޭޖް އެލެމެންޓްރީ ކޯސް
އައިޔޫއެމްއިން ބުނީ މި ކޯސްތަކާބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެ ކޯހެއްގައި ބައިވެރިވުމުން ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައެވެ.


