ޚަބަރު

އައްޑޫގެ މޭޔަރުގެ ކާރުކޮޅުގައިވެސް “އިންޑިއާ އައުޓް” ޖަހައިފި


އައްޑޫ ސިޓީ ކައުންސިލް މޭޔަރު އަލީ ނިޒާރުގެ ކާރުކޮޅުގައިވެސް “އިންޑިއާ އައުޓް” ޖަހައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މުޅި ރާއްޖޭގައި ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާއިރު، މީހުންގެ ގޭގޭގައާއި، ފާރުތަކުގައި ދަނީ އިންޑިއާ އައުޓް ޖަހަމުންނެވެ.

ރޭވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކާރުގައި އިންޑިއާ އައުޓް ޖަހާފައެވެ. ނޫކުލައިގެ ސްޕްރޭއިން އިންޑިއާ އައުޓް ޖެހާފައިވާއިރު މިކަން ކޮށްފައިވަނީ މޭޔަރުގެ ގެކައިރީގައި ކާރުޕާކުކޮށްފައި އޮއްވައި ރޭ ދަންވަރުގެ ވަގުތެއްގައެވެ. ކާރަށް ސްޕްރޭކުރި ނަމަވެސް އިތުރު އެއްވެސް ގެއްލުމެއް ދީފައެއް ނުވާކަމަށް މޭޔަރު ވިދާޅުވިއެވެ. މިމައްސަލަ މިހާރު ފުުލުހުންނަށް ހުށަހަޅާފައިވާކަމަށް އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި އިއްޔެ މާލޭގައި ވަނީ ބޮޑު ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ޢާންމު ތަނެއްގައި އިންޑިއާ އައުޓް ލިޔެގެން މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ޕީޕީއެމުން ބުނެފައިވަނީ، ޢިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުޢޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހިޖުމްހޫރިއްޔާއާއި ޤާނޫނުތައް ހުއްދަ ކުރާކަމެއްކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close