ޚަބަރު ޖާބިރު އާއި އޭނާގެ ދަރިކަލުންވެސް އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފި

ޖާބިރު އާއި އޭނާގެ ދަރިކަލުންވެސް އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފި

ޖާބިރު އާއި އޭނާގެ ދަރިކަލުންވެސް އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި އޭނާގެ ދަރިކަލުން އަހްމަދު މުއާޒު ޢަބްދުﷲ ޖާބިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން ކާމިޔާބުވެވަޑައިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ.

ޖާބިރު ވާދަކުރެއްވީ އޭނާ މިހާރުވެސް ތަމްސީލުކުރައްވާ ކާށިދޫ ދާއިރާގެ ޓިކެޓަށެވެ. އެ ދާއިރާގެ ޓިކެޓު ޖާބިރު ކާމިޔާބުކުރެއްވިއިރު، އޭނާ ކުރިން އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 2019 ވަނަ އަހަރުގެ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވައިގެންނެވެ.

ޖާބިރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް އޭނާއާ އެއިރުގެ ސަރުކާރާ ދެމެދު ހެދި ޑީލެއްގެ ދަށުން އޭނާ ނަންގަވާފައިވާ މަހިބަދޫ ފަޅުގައި އޮތް ކުޑަ ރަށެއްގެ ބަދަލުގައި މާލެއިން ބޮޑު ފަޅެއް ސަރުކާރުން ދިނުމާއެކުއެވެ.

ޖާބިރަށް ޓިކެޓު ކަށަވަރުވެފައިވާއިރު މަހިބަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ އޭނާގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރެވެ. އޭނާ އެ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވީ މަހިބަދޫއަށް ނިސްބަތްވެވަޑައިގަންނަވާ 4 ކެނޑިޑޭޓަކާ ވާދަކުރައްވައެވެ.

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި އަހުމަދު މުއާޒް އާ އެކުގައި ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ އދ. މަހިބަދޫ ފަރުދާ، ހައްވާ ރާޝިދާ އާއި އދ. މަހިބަދޫ، ޖަނަވަރީގެ، ބުންޔާމިން ހަސަނާއި އދ. މަހިބަދޫ، ނަންރީތިގެ އަބްދުލްޖަލީލް އިބްރާހިމެވެ.

ޓެގް

ޖާބިރު މަޖިލިސް ޕްރައިމަރީ އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.