ދެކުނުގެ ބޮޑުސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި
ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަވެ، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 12:30 އިން ހަވީރު 16:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މިދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ އެކި ހިސާބުތަކަށް އަންނަނީ އެލާޓް ނެރެމުންނެވެ.
ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ


