ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޑަގް ލީމަން އާއެކު ޖައްވުގައި ފިލްމެއް ޝޫޓްކުރާ ފުރަތަމަ އެކްޓަރަކަށް ޓޮމް ކްރޫޒް
ވާން ނިންމައިފިއެވެ.
އެންމެ ބޮޑު އާމްދަނީއެއް މަހެއްގެ މައްޗަށް ލިބޭ ދުނިޔޭގެ އެއްވަނަ އެކްޓަރ ޓޮމް ކްރޫޒް، މިހާރު އޭނާގެ މަސައްކަތް ޖައްވުގައި ފުރިހަމަ ކުރުމަށް ތައްޔާރުވަމުންދާއިރު، ހޮލީވުޑްގައި އޭނާގެ މަގްބޫލުކަމަށް އަދިވެސް ބަދަލެއް ނާދެއެވެ.
އުމުރުން 60 އަހަރުގެ އެކްޓަރު ޖައްވުގައި ފީޗާ ފިލްމެއް ޝޫޓްކުރާ ފުރަތަމަ އެކްޓަރަކަށް ވުމަށް ތައްޔާރުވެފައިވާއިރު، މިއީ އޭނާ އަހަރުތަކެއް ވަންދެން ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށް ވެގެންދާނެ ފަހަރު ކަމުގައި އޭނާގެ ޓީމުން ވަނީ ބުނެފައެވެ.
ހައިޕް ބީސްޓްގެ ރިޕޯޓެއްގައި ވާގޮތުން އެކްޝަން ހީރޯ މިހާރު މަސައްކަތް ކުރަނީ ދަ ބޯން އައިޑެންޓިޓީގައި މަސައްކަތްކުރި ޑައިރެކްޓަރު ޑަގް ލީމަންއާ އެކު ޔުނިވާސަލް ފިލްމްޑް އެންޓަޓެއިންމަންޓް ގްރޫޕް (ޔޫއެފްއީޖީ) އާ އެކުއެވެ. އެ ގުރޫޕްގެ ފިލުމެއްގެ މަސައްކަތަށް ޓޮމް މިހާރުވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށް މިހާރުވަނީ ނިންމާފައެވެ.
“އަހަރެންނަށް ހީވަނީ ޓޮމް ކްރޫޒް އަހަރެމެން ގެންދަނީ ޖައްވަށް ކަމަށް. ހީ’ސް ޓޭކިންގ ދަ ވޯލްޑް ޓު ސްޕޭސް،” ޔޫއެފްއީޖީގެ ޗެއާމަން ޑޮނާ ލެންގްލީ ކަށަވަރުކޮށްދިނެވެ. “އެއީ ޕްލޭން. އަޅުގަނޑުމެންނަށް ޓޮމްއާއެކު ޑިވެލޮޕްމަންޓްގެ ބޮޑު ޕްރޮޖެކްޓެއް އެބައޮތް…ސްޕޭސް ސްޓޭޝަނަށް ރޮކެޓެއްގައި ގެންގޮސް ޝޫޓިން.”ފަށާނަން.
ރިޕޯޓުގައިވާ ގޮތުން ލެންގްލީ އިތުރަށް ބުނީ ފިލްމު ބޮޑުބައި ޝޫޓް ކުރާނީ ބިމުގައި ނަމަވެސް ފިލްމުގައި ފެންނަނީ “ދުވަސް ސަލާމަތް ކުރުމަށް ޖައްވަށް އަރައިގެންދާ ކެރެކްޓާ” ކަމަށެވެ. އަދި ކްރޫޒް ވެގެންދާނީ “ސްޕޭސް ސްޓޭޝަނުން ބޭރުގައި ސްޕޭސްވޯކެއް ކުރި ފުރަތަމަ ސިވިލް މީހާ” ކަމަށް ވެސް އޭނާ ހާމަކޮށްފައި ވެއެވެ.
ފިލްމްގެ އަމަލީ މަސައްކްތް ފަށާނީ ކޮން އިރަކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

