ޚަބަރު ދައުލަތުގެ އާމްދަނީ 10 ޕަސެންޓް މައްޗަށް: އެންމެ ބޮޑު ހިއްސާއެއް ޓީޖީއެސްޓީއަށް

ދައުލަތުގެ އާމްދަނީ 10 ޕަސެންޓް މައްޗަށް: އެންމެ ބޮޑު ހިއްސާއެއް ޓީޖީއެސްޓީއަށް

ދައުލަތުގެ އާމްދަނީ 10 ޕަސެންޓް މައްޗަށް: އެންމެ ބޮޑު ހިއްސާއެއް ޓީޖީއެސްޓީއަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އަށް ލިބުނު ބޮޑު ކުރިއެރުމާއެކު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 10 ޕަސެންޓަށް ވުރެ މައްޗަށް ޖެހިލައިފިއެވެ.

މާލީ ވުޒާރާ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 6.8 ބިލިޔަނުން 7.2 ބިލިޔަން ރުފިޔާއަށް (6.5 އިންސައްތަ) އިތުރުވުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމްލަ ޖީއެސްޓީ އާމްދަނީ 9.9 ބިލިޔަނުން 10.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި 3.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް 20.6 އިންސައްތަ އިތުރުވެ 5.4 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީން 2.1 ބިލިޔަން އަދި ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއާއެކު ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 21.1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ ރަނގަޅުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 19.3 އިންސައްތަ އިތުރުވެ، 28.1 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރެއިން ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ހޭދަ 24.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ތަރައްޤީގެ މަޝްރޫޢުތަކާއި ކެޕިޓަލް ހޭދައަށް 3.6 ބިލިޔަން ރުފިޔާ ވަނީ ހޭދަވެފައެވެ.

ބަޖެޓުގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިޔަން ރުފިޔާގައި އޮތް ނަމަވެސް، ޚަރަދުތައް އާމްދަނީއަށް ވުރެ އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ޖުމްލަ އޯވަރޯލް ބެލެންސް ހުރީ 950.3 މިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ކުންފުނިތައް އެއްކޮށްލުމާއި، ޕީއެސްއައިޕީ މަޝްރޫއުތައް ރިވިއުކޮށް އިސްކަންދޭ ތަރުތީބުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

ޓެގް

މީރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.