ޚަބަރު އިގުތިސާދީ ދަތިކަމާއި ގުޅޭ ބަހުސްއަކަށް އަމީރުގެ ދައުވަތެއް މިނިސްޓަރު ސައީދަށް

އިގުތިސާދީ ދަތިކަމާއި ގުޅޭ ބަހުސްއަކަށް އަމީރުގެ ދައުވަތެއް މިނިސްޓަރު ސައީދަށް

އިގުތިސާދީ ދަތިކަމާއި ގުޅޭ ބަހުސްއަކަށް އަމީރުގެ ދައުވަތެއް މިނިސްޓަރު ސައީދަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެކްސްޗޭންޖް ރޭޓް ބޮޑުވެ ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އާންމުންނާއި ވިޔަފާރިވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ސީދާ ބަހުސަކަށް ވަޑައިގަތުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ދައުވަތު އަރުވައިފިއެވެ.

އަމީރު މި ދައުވަތު ދެއްވީ، އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް މިނިސްޓަރު ސައީދު އިސްވެ ހޯސްޓްކުރެއްވި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސަރުކާރުގެ ކޮޅަށް ބުރަވާ ގޮތަށް އެސްޓީއޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިކުރައްވައިގެން ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ބަޔަކު އެކަނި ބައިވެރިކޮށްގެން އިގުތިސާދުގެ “ދެ ފަރާތުގެ ވާހަކަ” އިންސާފުވެރިކަމާއެކު ނުދެއްކޭނެ ކަމަށެވެ. އަދި އަމިއްލަ ސިޔާސަތުތައް ފެއިލްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.10 ރޭޓަށް އުފުލުމުން ދެކޮޅު ނުޖެހޭ ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވައިގެން ހަގީގީ ބަހުސަކަށް ވަޑައިގަތުމަށް އޭނާ ގޮވާލެއްވިއެވެ.

އިގުތިސާދީ ހާލަތު އޮތީ ސިޔާސީ މަންފާއަށް ދޮގު މައުލޫމާތު ފެތުރުމަށްވުރެ މާ ނާޒުކު އަދި ނުރައްކާތެރި ފައްތަރެއްގައި ކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.


ޓެގް

އަމީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.