ޚަބަރު ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ “ދަތިވެއްޖެ” އިހުތިޖާޖު މި މަހުގެ 13 އަށް ފަސްކޮށްފި

ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ “ދަތިވެއްޖެ” އިހުތިޖާޖު މި މަހުގެ 13 އަށް ފަސްކޮށްފި

ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ “ދަތިވެއްޖެ” އިހުތިޖާޖު މި މަހުގެ 13 އަށް ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަކެތީގެ އަގުތައް އުފުލި އާންމު ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކާ ދެކޮޅަށް މައި އިދިކޮޅު ޕާޓީ، މާލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ދަތިވެއްޖެ” ޝިއާރުގެ ދަށުން ބޭއްވުމަށް ނިންމާފައިވާ ހާއްސަ އިހުތިޖާޖު ފަސްކޮށް، އެ ހަރަކާތް ކުރިއަށް އޮތް އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އިހުތިޖާޖުގެ ތާރީޚާއި ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށާއި، މި އިހުތިޖާޖު ދެން އޮންނާނީ އެ ރޭ 8:30 އިން ފެށިގެން މަޖީދީމަގު، ސޯޝަލް ސެންޓަރު ކުރިމަތީގައި ކަމަށެވެ.

މިފަދަ އިހުތިޖާޖެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ ތަކެތީގެ އަގުބޮޑުވުމާއި ސަރުކާރުގެ ހިންގުންތެރިކަމުގެ ގާބިލުކަން ކުޑަކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އިހުތިޖާޖު ކުރިއަށްގެންދިއުމާ މެދު ރަސްމީ ވޯޓެއް ނެގުން މުހިންމު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މި ނިންމުމަށް ޕާޓީގެ އާންމު މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޮގަސްޓް 13 އަށް މި އިހުތިޖާޖު ތާވަލުކޮށްފައިވާއިރު، އެމްޑީޕީން ދާދިފަހުން ވަނީ “ވަޒީފާ ބުރާސްފަތި” މި ޝިއާރުގެ ދަށުންވެސް މާލޭގައި ހާއްސަ އެއްވުމެއް ބާއްވާފައެވެ.


ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.