ޚަބަރު ތެލަސީމިއާ އެލަވަންސާއެކު އެންސްޕާގައި ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވެއްޖެ

ތެލަސީމިއާ އެލަވަންސާއެކު އެންސްޕާގައި ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވެއްޖެ

ތެލަސީމިއާ އެލަވަންސާއެކު އެންސްޕާގައި ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ތެލަސީމިއާ ކުދިންނަށް ޚާއްޞަ މާލީ އެލަވަންސެއް ދޭން ފެށުމާއެކު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވާ ތެލަސީމިއާ ކުދިންނާއި މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު ޖޫން މަހުގެ ތެރޭގައި އެކަނިވެސް އަލަށް ހަތް ފަރާތެއް ވަނީ ތެލަސީމިއާ ފަރުވާ ހޯދާ މީހުންގެ ގޮތުގައި އެޖެންސީގައި ރަޖިސްޓްރީކޮށްފައެވެ.

މި ބަދަލާއެކު، އެންސްޕާގެ ރަސްމީ ރަޖިސްޓްރީގައި ހިމެނިގެން ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 526 އަށް އަރާފައެވެ.

ތެލަސީމިއާ ހުންނަ ކޮންމެ ކުއްޖަކަށާއި މީހަކަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މި އެލަވަންސް ދޭން ފެށުމުގެ މައިގަނޑު މަޤްޞަދަކީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން އާންމު ދިރިއުޅުމެއް އުޅެވޭނެ މަގު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.

އެންސްޕާގެ ހިސާބުތައް ދައްކާގޮތުން، ޖޫން މަހުގެ ތެރޭގައި އެކަނިވެސް ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.


ޓެގް

އެންސްޕާ ތެލެސީމިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.