ޚަބަރު އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ޤައިމީ މަޖިލިސް މިރޭ ބައްދަލުކުރަނީ

އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ޤައިމީ މަޖިލިސް މިރޭ ބައްދަލުކުރަނީ

އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ޤައިމީ މަޖިލިސް މިރޭ ބައްދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ކޮންގްރެސް ބާއްވާނެ ތާރީޚަކާ މެދު ގޮތެއް ނިންމުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މުހިންމު ބައްދަލުވުމެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ރޭ 9:00 ގައި “ފަންކްޝަން ފައިވް” ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި ބައްދަލުވުމުގެ އެންމެ މުހިންމު އެޖެންޑާއަކީ ކޮންގްރެސް ބާއްވާނެ ވަކި ދުވަހެއް ކަނޑައެޅުމެވެ. އޭގެ އިތުރުން ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގޮފިތައް އެކުލަވާލުމާ ބެހޭ ގަވާއިދަށް ގެންނަންޖެހޭ ބައެއް އިޞްލާޙުތައް ހުށަހަޅައި މަޝްވަރާކުރުމަށްވެސް ވަނީ ރޭވިފައެވެ.

މީގެ ކުރިން ގައުމީ މަޖިލީހުން ނިންމާފައިވަނީ މި އަހަރުގެ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ. ނަމަވެސް، މިހާރު ރޭވިފައިވާ ގޮތުން މި ބައްދަލުވުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމުގެ ފުރުސަތު ބޮޑެވެ.

ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ މި ކޮންގްރެސްއަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ލިބިގެންދާނެ ބޮޑު ދިރުމެކެވެ. އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ 2022 ވަނަ އަހަރު މާލޭގައެވެ.


ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.