ޚަބަރު 100 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއެކު ލަފާދޭ ޤައުމީ މަޖިލީހެއް އެކުލަވާލަނީ

100 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއެކު ލަފާދޭ ޤައުމީ މަޖިލީހެއް އެކުލަވާލަނީ

100 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއެކު ލަފާދޭ ޤައުމީ މަޖިލީހެއް އެކުލަވާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް ޚާއްޞަ ލަފާދޭ މަޖިލިސްތަކެއް އެކުލަވާލެއްވުމަށް ނިންމަވައިފިއެވެ.

“ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމީ މުހިންމު ކަންކަމުގައި ތަޢުލީމީ އަދި ފަންނީ ބޭފުޅުންގެ ލަފާއާއި އިރުޝާދު ހޯދުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި ދޭންޖެހޭ ކަމަށެވެ.

މި ގޮތުން އެކުލަވާލެވޭ މަޖިލިސްތަކުގެ ތެރޭގައި އިސް ރަށްވެހިންނާއި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚާއްޞަ މަޝްވަރާ މަޖިލީހެއްގެ އިތުރުން، ސިއްޙީ، ތަޢުލީމީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުގެ 100 އާއި 150 ދެމެދުގެ އަދަދަކަށް ތަޖުރިބާކާރުން ހިމެނޭ ޤައުމީ މަޖިލީހެއް ހިމެނެއެވެ.

މި ނިޒާމީ ބަދަލާއެކު އުފައްދާ މަޖިލިސްތަކަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ނޫން، ދައުލަތުގެ އެކި މުއައްސަސާތަކަށްވެސް ބޭނުންވެއްޖެ ހިނދެއްގައި ޤައުމީ މުހިންމު ކަންކަމުގައި އިރުޝާދާއި ލަފާ ހޯދޭނެ މަސްދަރަކަށް ވެގެންދާނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.