ޚަބަރު ހުޅުމާލެ މާރުކޭޓުން ޤަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލެ މާރުކޭޓުން ޤަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލެ މާރުކޭޓުން ޤަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު އަތުލައިގެންފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، މާރުކޭޓު ސަރަޙައްދުން ޖުމްލަ 55 ބިދޭސީއަކު ބަލައިފާސްކޮށްފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ “އޮޕަރޭޝަން ކުރަނގި” ގެ ތެރެއިން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ސަރުކާރުން ބުނެއެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުވެސް މި އޮޕަރޭޝަން ވަރުގަދައަށް ކުރިއަށްދާނެއެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފެނިއްޖެނަމަ، އިތުރު ފުރުޞަތެއް ނުދީ ވަގުތުން ޑީޕޯޓްކޮށްލުމަށް ވަނީ ނިންމާފައެވެ.

މި އޮޕަރޭޝަނުގެ ތިންވަނަ ފޭސްގައި މުހިންމު އިސްކަމެއް ދެވިގެންދާނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، ސައްޙަ ވޯކް ޕާމިޓާއި ވިސާ ނެތި އުޅޭ މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމަށެވެ. މީގެއިތުރުން، ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތަކަށް ފީ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދީ، ދިވެހި ވިޔަފާރިވެރިން ޤަވާއިދުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށް ބާރުއެޅުމަކީވެސް މި ފޭސްގެ މުހިންމު މަޤްޞަދެކެވެ.


ޓެގް

ބިދޭސީން އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.